27 Jul 2018, 11:12
ބަތަލާ ޕްރިޔަންކާ ޗޯޕްރާ 36، އަދި ހޮލީވުޑް އެކްޓަރު އަދި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް 25، އެންގޭޖްވެއްޖެއެވެ.
ޕްރިޔަންކާއާއި ނިކް އެންގޭޖްވެފައިވާ ކަމަށް ކަށަވަރުވެފައިވާއިރު އެ ދެ ތަރިން އެންގޭޖްވެފައިވަނީ ލަންޑަންގައި ކަމަށް ޚަބަރުތައް ބުނެއެވެ. ނިކްއާއި ޕްރިޔަންކާ އެންގޭޖްވެފައި މިވަނީ "ޑޭޓް"ކުރާތާ ދެ މަސް ފަހުންނެވެ.
ޕްރިޔަންކާއާއި ނިކްގެ ގާތް މީހަކު "ޕީޕަލް"އަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ދެ ތަރިން ލަންޑަންގައި އެންގޭޖްވީ ޕްރިޔަންކާގެ 36 ވަނަ އުފަންދުވަހުގެ އެއް ހަފްތާ ކުރިން ކަމަށެވެ.
"ނިކް ދުވަހަކުވެސް މިގޮތަށް އުޅޭ ތަނެއް އާއިލާއަކަށްވެސް އަދި ރަހުމަތްތެރިންނަކަށްވެސް ނުފެނޭ. ޕްރިޔަންކާ އަދި ނިކް ވެސް ތިބީ ވަރަށް އުފަލުން،"
ދެ ތަރިން އެންގޭޖްވުމާއެކު ގިނަ ބަޔަކު އަންނަނީ ކައިވެނިކުރާނީ ކޮން ދުވަހަކުންތޯ ސުވާލުކުރަން ފަށާފައެވެ. ނަމަވެސް އެ ސުވާލަކަށް އެއްވެސް ފަރާތަކުން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.
އެކްޓަރު-ޕްރޮޑިއުސަރު ޑުވޭން ޖޯންސަން ނުވަތަ "ދަ ރޮކް" މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ދެ ތަރިން ގުޅުވައިދިނީ އޭނާ ކަމަށެވެ.
ޕްރިޔަންކާއާއި ނިކް އެންމެ ފުރަތަމަ ދިމާވީ މިދިޔަ އަހަރުގެ މެޓް ގާލާ ކާޕެޓުންނެވެ. އަދި ނިކް ވަނީ ވަރަށް ފަހުން ޕްރިޔަންކާއާއެކު އިންޑިއާއަށް ވެސް ގޮސް، ޕްރިޔަންކާގެ އާއިލާއާއި އެކުވެރިންނާ ބައްދަލުކޮށްފައެވެ.
Yes Priyanka Chopra is no more part of@Bharat_TheFilm& and the reason is very very special , she told us in the Nick of time about her decision and we are very happy for her ... Team Bharat wishes@priyankachopraloads of love & happiness for life ????????????
— ali abbas zafar (@aliabbaszafar)July 27, 2018
އަންނަ އަހަރު ނެރެން ނިންމާފައިވާ ފިލްމު "ބާރަތު"ގައި ޕްރިޔަންކާ މަސައްކަތްކުރުމަށް މީގެ ކުރިން ނިންމާފައި އޮތް ނަމަވެސް، އެ ފިލްމުގެ ޑިރެކްޓަރު އަލީ އައްބާސް ޒަފަރުވެސް މިއަދު ކުރި ޓްވީޓެއްގައި ވަނީ މިކަމަށް ބާރު ލިބޭ ވާހަކައެއް ބުނެފައެވެ.
އަލީ އައްބާސް ޒަފަރު މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނީ ޕްރިޔަންކާ، ފިލްމުގެ މަސައްކަތްތައް ދޫކޮށްލާފައިވާ ކަމަށާއި، އެކަން ކުރީ "ވަރަށް ޚާއްސަ ސަބަބަކަށްޓަކައި" ކަމަށެވެ.