ކީރިތިި ގުރުއާން ހިތު ދަސްކޮށްގެން ހަ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމީން އަބަދުލް ގައްޔޫމް ދެއްވާ މެޑަލް ހާސިލްކޮށްފިއެވެ.

ގައުމީ ހިދުމަތުގެ އިނާމު ދިނުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ އެ ހަ ބޭފުޅުންނަށް މެޑަލް އަރުވައިފައެވެ.

މިރޭ މެޑަލް އެރުވި ބޭފުޅުން

  • އަލް ހާފިޒާ މަރިޔަމް ވަދީފާ، މިސްކިތްމަގު. ބަހާރު ޏ. ފުވައްމުލައް

  • އަލްހާފިޒް މުރުޝިދުލް އަމީން، ނީލަންވާދީ ސ. ހިތަދޫ
  • އަލްހާފިޒާ އައިމިނަތު ހިޝްމާ އާދަމް، މާލެ މ. ސަމަރުބުލޫގެ
  • އަލްހާފިޒާ ސުޖާތާ އަބްދުލް ޣަފޫރު، ދަފްތަރު މާލެ
  • އަލްހާފިޒާ މަރިޔަމް ދީދީ، މެރިހާނާ ސ. މީދޫ
  • އަލްހާފިޒާ ސަޖުވާ މުހައްމަދު ލަތީފް، ފެހިގެ ދ. މީދޫ

ކީރިތިި ގުރުއާން ހިތު ދަސްކުރި ހާފިޒް މުރުޝިދުލް އަމީން އަށް ރައީސް ޔާމީން މެޑަލް އަރުވަނީ -- ސަން ފޮޓޯ: މުހައްމަދު އަފުރާހް

މިރޭ މެޑަލް އެރުވި ބޭފުޅުންގެ ތެރެއިން އަލް ހާފިޒާ ވަދީފާ ކީރިތި ގުރުއާން ދަސްކުރައްވަން ފައްޓަވާފައިވަނީ 2007 ވަނަ އަަހަރުން ފެށިގެން ކީރިތި ގުރުއާނާ ބޭހެ މަރުކަޒުގެ ބެލުމުގެ ދަށުންނެވެ. އަދި ކީރިތި ގުުރުއާން ހިތުދަސްކޮށް ނިންމެވީ 2010 ވަަނަ އަހަރުއެވެ. އަދި ކުއްލިޔަތުއް ދިރާސާތަލުް އިސްލާމިއްޔާއާއި މިހާރު އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން މުރާޖާ ކުރުމުގެ މަސައްކަތް ކުރައްވައި އެއްވަނަ ދަރަޖައިގައި ފާސްވެ 2017 ވަނަ އަހަރު ވަނީ ސަނަދު ހާސިލްކުރައްވައިފައެވެ.

އޭގެ އިތުރުން މިރޭ މެޑަލް ހާސިލްކުރެއްވި އަލް ހާފިޒާ އައިމިނަތު ހިޝްމާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ގުރުއާން ހިތުދަސްކުރައްވަން ފެއްޓެވީ 2011 ވަނަ އަހަރުއެވެ. އަދި 2016 ވަނަ ހިޝްމާ ވަނީ ގުރުއާން ހިތުދަސްކޮށް 2016 ވަނަ އަހަރު ނިންމަވައި 2018 ވަނަ މުރާޖައާކޮށް އެއްވަނަ ދަރަޖައިގައި ފާސްވެ ސަނަދު ހާސިލްކުރައްވައިފައެވެ.