26 Jul 2018, 18:33
ދިއްލީ (ޖުލައި 26): އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ މަތިންދާބޯޓެއްގައި ތަން މަކުނު އަޅާފައިވާ ކަމަށް ބުނެ ޝަކުވާ ކުރުމުން، އެއީ މޫސުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް އެއެއާލައިނުން ބުނެފި އެވެ.
އެމައްސަލަ ފެންމަތިވީ މިމަހުގެ 17އިގައި ނިއު ޔޯކުން މުމްބާއީއަށް ދިޔަ އެއާ އިންޑިއާގެ ފްލައިޓެއްގެ ފަސިންޖަރުންގެ ގައިގައި ތަންމަކުނު ހަފާފައިވާ ކަމަށް ބުނެ ޝަކުވާ ކުރުމުންނެވެ.
އެގޮތުން އެބޯޓުން ދަތުރު ކުރި މީހަކު ވަނީ އޭނާގެ އަތުގައި ތަތް މަކުނު ހަފާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ޓުވީޓުކޮށްފައި އެވެ. އަދި އިތުރު މީހަކު ވަނީ ބޯޓުގެ ސީޓެއްގައި ތަންމަކުނު އުޅޭ ފޮޓޯއެއްވެސް ހިއްސާކޮށްފަ އެވެ.
What an#airindia#businessclasswould do to you? AI still has to get in touch with me inspite if my repeated attempts to get in touch with them.@airindiain@NewYorkTimes11@cnnipic.twitter.com/tDHfmhX0Vx
— Saumya Shetty (@saumshetty)July 20, 2018
އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އެއާ އިންޑިއާއިން ވަނީ އެބޯޓުގެ ފަސިންޖަރުންނަށް މާފަށް އެދިފަ އެވެ. އަދި އެމައްސަލައިގައި ދެ ބޯޓެއްގެ އުދުހުން ހުއްޓާލައި، އެދެ ބޯޓުން ތަތް މަކުނު ނައްތާލާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
މީގެ ކުރިން 2016 ވަނަ އަހަރު މުމްބާއީ އިން ލަންޑަނަށް ދަތުރު ކުރަމުން ދިޔަ އެއާ އިންޑިއާގެ ބޯޓަކުން މީދަލެއް ފެނުމުން، އެބޯޓު އަނބުރާލަން ޖެހުނެވެ.
އިންޑިއާ ސަރުކާރުން މިދިޔަ އަހަރު އެއާ އިންޑިއާގެ 76 ޕަސަންޓު ހިއްސާ ވިއްކާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. އަދި ފަސް ބިލިއަން ޑޮލަރުން ދަރަނިވެރިވެފައިވާ އެއެއާލައިނަށް ފައިދާ ނުވާތާ މިހާރު 11 އަހަރުވެއްޖެ އެވެ. (ބީބީސީ)