16 Sep 2011, 15:43
ސ. ހިތަދޫގައި ގޫރޫޕަކުން ޒުވާނަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ.
ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި ހިތަދޫ ދުގެތިމާގޭ ހަސަން ސުޖާއު، 25 އަށް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
ފުލުހުން ވެސް ބުނީ ރޭ ގުރޫޕަކުން ހިންގި އެ މާރާމާރީ އާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުބުންޏެވެ.