Back
Nov 24, 2025 SUN
SUN

ބޮސް އަދި 4426 ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

ބޮސް އަދި 4426 ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި
Lead photo

ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ދެ ފިލްމު ކަމަށްވާ 2016 ވަނަ އަހަރު ނެރުނު "4426" އަދި މިދިޔަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ބޮސް" ގެ ޓިކެޓް އޮލިމްޕަހުން މިއަދު ވިއްކަން ފަށައިފިއެވެ.

މުޅިން ވެސް ލޯބީގެ އަސަރުގަދަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ "4426" (ފޯފޯޓޫސިކްސް) އަކީ އޭނާ ޑައިރެކްޓްކުރި ފުރަތަމަ ބިރުވެރި ފިލްމެވެ.

ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކައިދޭ ބިރުވެރި ފިލްމު "4426"ގެ ތަރީންގެ ތެރޭގައި، މަރިޔަމް އައްޒައާއި ޖުމައްޔިލް ނިމާލް، މުހައްމަދު ޖުމައިހުގެ އިތުރުން މަޝްހޫރު އަދި ތަޖުރިބާކާރު ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއުއާއި ޝީލާ ނަޖީބު ފަދަ ތަރިން ހިމެނެއެވެ.

ނަހުލާ ބުނީ ދެ ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ދޫކުރަން ފަށާފައިވާކަމަށާއި ހެނދުނު 10 އަކުން 12 އަށް، މެންދުރު ދޭކުން ހަޔަކަށް ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ. އަދި ރޭގަނޑު އަށަކުން 10ގެ ނިޔަލަށް ފިލްމުގެ ޓިކެޓް ދޫކުރާނެ ކަމަށްވެސް ކާމިޔާބު ޑައިރެކްޓަރު/ޕްރޮޑިއުސަރު ނަހޫ ބުންޏެވެ.

"ބޮސް"އިން ދައްކައިދެނީ، މުއްސަނދި އަންހެން ކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ.

ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ ފިލްމުން ދައްކައިދެއެވެ.

"4426" އަޅުވާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. އަދި ބޮސް އަޅުވާނީ އަންނަ މަހު ތިނެއްގައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics