26 Jul 2018, 14:15
މާސްއިން ފެން ކޯރެއް ފެނިފައިވާ ކަމަށް މާސްގެ ކަންތައް ދިރާސާކުރައްވާ ފަަރާތްތަކާ ހަވާލާދީ ބީބީސީއިން ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން މާސްގައި ހުރި ގަނޑުފެންތަކެއް ކައިިރިން ފެނުނު މި ކޯރުގައި 20 ކިލޯ މީޓަރު ހުންނާނެއެވެ.
މީގެ ކުރިން ކުރި ދިރާސާތަކުންވެސް މާސްގައި ފެން ހުރެދާނެ ކަމަށް ބުނާ ހޯދުމެއް ވަނީ ހޯދިފައެވެ. ނަމަވެސް މިއީ މާސްގައި ފެން ހުރިކަން ޔަގީންވި ފުރަތަމަ ފަހަރެވެ.
މާސްގެ އެޓްމޮސްފިއާ ލޭޔަރުގެ ތުނިކަމާޢެކު ހޫނު ނުހިފަހައްޓާތީ އެ ޕްލެނެޓުގެ ފެނުގެ ބޮޑުބައެއް ހުންނާނީ ގަނޑުވެފައިކަމަށް ބެލެވެއެވެ.
މާސްގައި ފެން ހުރިކަން ޔަގީންވުމަކީ މާސްގެ ކަންތައް ހޯދުމުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ޔޫރަޕިއަން ސްޕޭސް އެޖެންސީއިން ކުރި މި ދިރާސާ ކުރުމަށް ބޭނުންކޮށްފައިވަނީ މާސިސް ނަމަކަށް ކިޔާ ރާޑަރެކެވެ.