Back
Nov 24, 2025 SUN
SUN

ކަރެކްޝަނަލް ސާވިސްގެ ނަން ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި

ކަރެކްޝަނަލް ސާވިސްގެ ނަން ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި
Lead photo

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސްގެ ނަމަށް ބަދަލު ކުރަން ކޮމިޓީން ފާސްކޮށްފިއެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އެ އިސްލާހު ހުށަހަޅާފައިވަނީ މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީއެވެ. އަޒުހާން ހުށަހެޅުއްވި ގޮތަށް އެ ބިލު ފާސްކުރެއްވީ ބިލަށް އެއްވެސް ބަދަލެއް ނުގެނެހެވެ.

ކޮމިޓީން ފާސްކުރި އެ ބިލުގައި ވާގޮތުން މަޖިލީހުން ފާސްވެ، ތަސްދީގުކުރާ ދުވަހުން ފެށިގެން ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސްއަށް ބަދަލުކުރުމަށާއި ކަރެކްޝަނަލް ސާވިސް މިހާރު ވެސް އޮންނަ ގޮތަށް، ނޭޝަނަލް ޕްރިޒަންސް ސާވިސްއަކީ ސިވިލް ސާވިސްގައި ނުހިމެނޭ އަދި ޔުނިފޯމް އެޅި އޮފިސަަރުން ހިމެނޭ މަދަނީ ޚިދުމަތެއް ކަމުގައި ހަމަޖެއްސުމަށެވެ.

މީގެ އިތުރުން ވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ އެހެން މާއްދާތަކަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެއެވެ.

އެގޮތުން އިސްލާހު ހުށަހަޅާފައި ވަނީ ޕްރިޒަންސް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ވެސް މަގާމުގެ ކުރިއެރުން ދިނުމުގެ ބާރު ކޮމިޝަނަރަށް ދިނުމަށެވެ. އެކަމަކު ޝަރަފްގެ ނިޝާން ދޭނީ މިހާރު ވެސް އޮންނަ ގޮތަށް މިނިސްޓަރު ކަމަށް އެ އިސްލާހުގައިވެ އެވެ.

މިހާރު އެ ގާނޫނު އޮންނަ ގޮތުން ކަރެޝަންސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދެވެނީ މިނިސްޓަރަށެވެ.

ޕެރޯލްގެ ދަށުން މީހުން ދޫކުރުމާއި ބޯޑުގެ ޒިންމާ އަދާ ކުރުމަށް ޕްރިޒަން ސާވިސްގެ އިދާރީ އޮނިގަނޑުގައި ވަކި ޑިޕާޓްމެންޓެއް އުފައްދަން ޖެހޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics