26 Jul 2018, 14:20
އިންސްޓަގްރާމު ތަރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ތަރިއަކީ ކައިލީ ޖެނާ ކަމަށް ބުނެފިއެވެ.
ރިއަލިޓީ ޓީވީ ތަރި އަދި މިހާރު އަމިއްލަ ވިޔަފާރިއެއްވެސް ކުރަމުން އަންނަ ކައިލީގެ އެކައުންޓުން އިންސްޓަގްރާމުގަައި ޕޯސްޓުކުރާ ކޮންމެ ސްޕޮންސާޑް ޕޯސްޓަކަށް އެއް މިލިއަން ޑޮލަރު އޭނާއަށް ލިބެއެވެ. މި ލިސްޓުން މިދިޔަ އަހަރު ކައިލީއަށް ލިބުނީ ހަތަރު ވަނައެވެ. ނަމަވެސް އޭނާގެ މޭކަޕް ލައިން އަށް ލިބޭ ތަރުހީބާޢެކު ކައިލީއަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި ލިސްޓުގެ ދެވަނަ ލިބެނީ މިދިޔަ އަހަރު ލިސްޓުގެ އެއްވަނާގައި ހިމެނުނު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އަށެވެ. ސެލީނާގެ އެކައުންޓުން ކުރާ ސްޕޮންސާޑް ޕޯސްޓަކަށް 800،000 ޑޮލަރު ލިބެއެވެ. ލިސްޓުގެ ތިންވަނާގައި ހިމެނެނީ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯގެ އެކައުންޓުން ކުރާ ކޮންމެ ޕޯސްޓަކަށް އޭނާ އަށް 750،000 ޑޮލަރުގެ އާމްދަނީ އެއް ލިބެއެވެ.
ދެން މި ލިސްޓުގައި ހިމެނެނީ ކިމް ކާޑޭޝަން އެވެ. ރިއަލިޓީ ޓީވީ ތަރި ކިމް އަށް އިންސްޓަގްރާމުން ލިބޭ އާމްދަނީ އަކީ ކޮންމެ ސްޕޮންސާޑް ޕޯސްޓަކަށް 720،000 ޑޮލަރެވެ.