ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސެންޓާއި ބޮޑީ ސްޕްރޭގެ ވިޔަފާރިކުރާ އެއް ކުންފުނި ކަމަށްވާ ޕޮއިޒްއިން ސްޕެއިންގެ މޮސެމްސާ ބްރޭންޑްގެ ސެންޓު ވިއްކަން ފަށައިފިއެވެ.

ޕޮއިޒްއިން މޮސެމްސާ ބްރޭންޑްގެ ރާއްޖެއަށް ތައާރަފްކުރީ އެ ކުންފުނިން ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ކުންފުނިން ބުނީ މޮސެމްސާ ބްރޭންޑަކީ ގިނައިރު ވަސް ހުންނަ، ލަގްޒަރީ ސެންޓެއް ކަމަށެވެ. އަދި އެ ސެންޓުގެ 14 ވައްތަރެއް ތައާރަފްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

"މިއީ ލަގްޒަރީ މިޑްލް ރޭންޖުގެ ސެންޓެއް. އެކި ދާއިރާތަކުގެ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް އެކި ވައްތަރުތައް މި ހުންނަނީ. މިސާލަކަށް ފުޓުބޯޅަ ކުޅޭ މީހުންނަށް، ނުވަތަ އޮފީހަށް ދާ މީހުންނަށް ޚާއްސަ ވައްތަރުތައް ހުންނާނެ. އަދި އަންހެން ފިރިހެން ދެ ވައްތަރު ވެސް ހުންނާނެ،" މޮސެމްސާގެ ރާއްޖޭގެ އެކްސްކްލޫސިވް ޕާޓްނަރުކަން ނަގާފައިވާ ޕޮއިޒްގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

ޕޮއިޒް އިން މޮސެމްސާ ބްރޭންޑް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ސަން ފޮޓޯ: ފަޔާޒް މޫސާ

އޭނާ ވިދާޅުވީ މާލެއާއި ހުޅުމާލޭގެ އިތުރުން ބައެއް ރަށްރަށުގެ ފިހާރަތަކުން ވެސް މޮސެމްސާ ބްރޭންޑްގެ ސެންޓް މިހާރު ލިބެން ހުންނާނެ ކަމަށެވެ. އަދި އޭގެ އަގުތައް އުޅޭނީ 350 ރުފިޔާއަށް ވުރެ ދަށުގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"މޮސެމްސާއަކީ އެލާޖީ ފްރީ ބްރޭންޑެއް. މިސާލަކަށް ސައިނަސް ހުންނަ މީހުންނަށް ވެސް ހަމަ މި ބްރޭންޑް ބޭނުން ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ރައްޖޭގެ މިނިވަން ކަމަށް 53 އަހަރުފުރުން ފާހަގަކުރަމުން އަންނަ އިރު، މިއަދު ޕޮއިޒްއިން ވިޔަފާރި ކުރާ މީހުންނަށް ޚާއްސަ ޑިސްކައުންޓެއް ދޭނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

ޕޮއިޒް އިން މޮސެމްސާ ބްރޭންޑް 14 ވައްތަރެއް ވިއްކާނެ.-- ސަން ފޮޓޯ: ފަޔާޒް މޫސާ

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހޮޓް އައިސް، ފޮގް އަދި ޕެރިސްވެލީ ފަދަ ގިނަ ބްރޭންޑްތަކުގެ ރާއްޖޭގެ އެކްސްކްލޫސިވް ޕާޓްނަރަކީ ޕޮއިޒްއެވެ.

އެ ކުންފުނިން ބުނީ، ސެންޓާއި، ބޮޑީ ސްޕްރޭގެ އިތުރުން ބައެއް ކޮސްމެޓިކްސް ޕްރޮޑަކްޓްތައް ހިމެނޭ ގޮތަށް 12 ބްރޭންޑުގެ އެކްސްކްލޫސިވް ޕާޓްނަރުކަން ނަގައިގެން ރާއްޖޭގައި ވިއްކަމުން އަންނަ ކަމަށެވެ.