Back
Nov 24, 2025 SUN
SUN

އިނގިރޭސި ރާނީ ދިވެހިންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

އިނގިރޭސި ރާނީ ދިވެހިންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
Lead photo

ދިވެހިރާއްޖޭގެ މިނިވަންކަމަށް 53 އަހަރުފުރުމުގެ މުނާސަބަތުގައި، އިނގިރޭސި ރާނީ އެލިޒަބަތު ދޭއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވިތާ 53 އަހަރު ފުރުމުގެ މުނާސަބަތުގައި ރާނީ އެލިޒަބެތު ފޮނުއްވި މެސެޖުގައި ވަނީ ރައީސް ޔާމީނަށް ތަހުނިޔާ ފޮނުއްވުމަކީ އެކަމަނާއަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް ވިދާޅުވެފައެވެ.

އަދި ކުރިއަށް އޮތް އަހަރުގައި ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރާނީގެ މެސެޖުގައިވެ އެވެ.

އިނގިރޭސިންގެ ހިމާޔަތުގައި އޮތުމަށް ފަހު ރާއްޖެއަށް ސިޔާސީ ގޮތުން ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ރާއްޖެށް މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރު ރާއްޖޭގެ ބޮޑުވަޒީރަކަށް ހުންނެވި އިބުރާހީމް ނާސިރު ރަންނަ ބަނޑޭރި ކިލެގެފާނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics