ވޮޝިންޓަން(ޖުލައި 26): އެމެރިކާގެ އެޓާނީ ޖެނެރަލްގެ ނައިބު ރޮޑް ރޯޒެންސްޓެއިން މަގާމުން ދުރުކުރަން ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން މަސައްކަތް ފަށައިފިއެވެ.

އެމައްސަލަ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި 11 ރިޕަބްލިކަން މެމްބަރުން ވަނީ ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުން ޖަސްޓިސް ޑިޕާޓްމެންޓުން މައުލޫމާތު ހިއްސާ ނުކުރާ ކަމުގެ ޝަކުވާކުރައްވާފައެވެ. އަދި އެކަމުގައި ޒިންމާވާން ޖެހޭނީ ރޯޒެސްޓެއިން ކަމަށް ވިދާޅުވެފައެވެ.

އެގަރާރު ފާސްވާނީ ގަނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ އަގުލަބިއްޔަތާއި މަތީގޭގެ ތިން ބައިކުޅަ ދެބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ.

އެމެރިކާގެ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވި މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހުންނަވަނީ ރޮބަޓް މުއެލާއެވެ. އޭނާ އެމަގާމަށް އައްޔަން ކުރެއްވީ ރޯޒެންސްޓެއިންއެވެ.

އެތަހުގީގުން ވަނީ މިހާތަނަށް 32 މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އޭގެ ތެރޭގައި ޓްރަމްޕްގެ ކެމްޕެއިނަށް ނިސްބަތްވާ ހަތަރު މީހަކާއި ރަޝިއާގެ 25 މީހަކު ހިމެނެއެވެ. (ބީބީސީ)