އިންޑިއަން އައިޑަލްގެ 10 ވަނަ ސީޒަންގެ ގާލާ ރައުންޑަށް ޖުމްލަ 14 ކުދިން ހޮވިއްޖެ އެވެ.

އަންނަ ހަފްތާގައި އައިޑަލްގެ ގާލާ ރައުންޑްތައް ފެށުމަށް ނިންމާފައިވީ އިރު މި ފަހަރަކީ އިންޑިއަން އައިޑަލްގެ ތާރީހުގައި ގާލާ ރައުންޑަކުން 14 ކުދިންނަށް ފުރުސަތު ދިން ފުރަތަމަ ފަހަރުވެސްމެ އެވެ.

ގާލާ ރައުންޑް އިން ގަދަ ތިއޭޓާ ރައުންޑް އިން އެންމެ މޮޅު 12 ކުއްޖަކަށް ފުރުސަތުދޭ އިރު މި ފަހަރުގެ އޮޑިޝަނަށް ދިޔަ ބައިވެރިންގެ މޮޅު ހުނަރުގެ ސަބަބުން 14 ކުދިންނަށް ފުރުސަތު ދޭން ނިންމީ ކަމަށް އައިޑަލްގެ ޓީމުން ބުނެ އެވެ.

ގަދަ 14ގައި ހިމެނުނު ބައެއް ބައިވެރިން ވަނީ ދެފަހަރުގެ މަތިން އައިޑަލްގެ ގޯލްޑަން މައިކް ހޯދާފަ އެވެ.

އިންޑިއަން އައިޑަލްގެ 10 ވަނަ ސީޒަންގައި ޖަޖުންގެ ޕެނަލަކީ އަނޫ މާލިކް އާއި ވިޝާލް ދަދްލާނީ އަދި ނޭހާ ކައްކަރް އެވެ.

ސޮނީ އެންޓަޓެއިންމެންޓް އިން ގެނެސްދޭ މި ޝޯގެ ފުރަތަމަ ސީޒަން ދައްކާފައި ވަނީ 2004 ގަ އެވެ. ފުރަތަމަ އިންޑިއަން އައިޑަލް އަކީ އަބީޖީތު ސާވަންތް އެވެ.