މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ.

މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގައި، ތިއްބަވާ ބޭރުގެ މަންދޫބުންނާއި އިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިނިވަންދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމުގައި ބައިވެރިވަޑައިގަތުމަށް މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ބައެއް ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުން ރާއްޖެ ވަޑައިގެންނެވިއެވެ. ނަމަވެސް މިއަހަރު އެ ފެންވަރުގެ އެއްވެސް ބޭފުޅަކު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މާދަމާރޭ ޖުމްހޫރީ މައިދާނުގައެވެ. މި ޖަލްސާގައި ގައުމީ އިނާމާއި ހާއްސަ އިނާމު ދިނުން އޮންނާނެއެވެ.