ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯ ޑްރަގް އޯވާ ޑޯޒްވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

ޑެމިީ 25، ހޮސްޕިޓަލަށް ގެންދިޔައީ ހާލު ވަރަށް ސީރިއަސް ވެގެންނެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެންޓި އޯވާޑޯޒް މެޝިނުގެ އެހީގައި ޑެމީ ލޮވާޓޯއަށް ފަރުވާ ދީފައިވާކަމަށް ޓީއެމްޒީ ބުނެއެވެ.

ފަހަކަށް އައިސް ޑެމީގެ ލަވަތަކުގައި އޭނާ ހުންނަނީ "ދިރިއުޅުމުގެ ހާލަތު" ކިޔައިދީފައެވެ.

އަހަރުތަކެއްވަންދެން "އެބިއުސް"ގެ ޝިކާރައަކަށްވެފައިވާ ލަވަކިޔުންތެރިޔާ ވަނީ ދާދިފަހުން އޭނާގެ ކޮންސެޓެއްވެސް ކެންސަލްކޮށްފައެވެ.

ޑެމީ ލޮވާޓޯ ހޮސްޕިޓަލުގައި އެޑްމިޓްކުރި ހަބަރާއެކު އިންޑަސްޓްރީގައި އުޅޭ އެކުވެރިންނާއި ފޭނުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް މެސެޖުތައް ފޮނުވަން ފަށައިފައެވެ.

ބާނީ އެންޑް ފްރެންޑްސް އިން އާންމުންގެ ތެރެއަށް ތައާރަފުވި ޑެމީ ލޮވާޓޯ ވަނީ ޑިޒްނީގެ ބައެއް ސީރީޒްތަކާއި ފިލްމުތަކުގައިވެސް މަސައްކަތް ކޮށްފައެވެ. އޭގެ ފަހުން 2008 ވަނަ އަހަރު އޭނާ ވަނީ ފުރަތަމަ އަލްބަލް ރިލީޒް ކޮށްފައެވެ.