އަމީތާބް ބައްޗަން ލީޑު ރޯލުން ފެނިގެންދާ، ރެޑް ޗިލީސްގެ ކުރިއަށް އޮތް ފިލްމު "ބަދްލާ" ރިލީޒް ކުރާނެ ތާރީޚު ހާމަކޮށްފިއެވެ.

ސުޖޯއީ ގޯޝްގެ ޑައިރެކްޓު ކުރާ "ބަދްލާ" ރިލީޒް ކުރާނީ އަންނަ އަހަރުގެ މާޗު މަހުގެ އަށް ވަނަ ދުވަހު އެވެ. ފިލްމުގައި އަމީތާބް އާއެކު ދެން ހަރަކާތްތެރި ވާނީ ބަތަލާ ތާޕްސީ ޕަންނޫއެވެ.

"ބަދްލާ" އަކީ ކްރައިމް ތުރިލާއެކެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ ލަންޑަން އަދި ސްކޮޓްލޭންޑުގައެވެ.

މިއީ އަމީތާބް އަދި ތާޕްސީ އެކުގައި ފެނިގެންދާނެ ދެވަނަ ފަހަރެވެ. މީގެ ކުރިން ދެމީހުން ވަނީ ކާމިޔާބު ފިލްމު "ޕިންކް" ގައި މަސައްކަތް ކޮށްފައެވެ.

"ބަދްލާ" ޕްރޮޑިއުސް ކުރަނީ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓެއިންމަންޓް އިންނެވެ. މިއީ ޝާހުގެ ޕްރޮޑަކްޝަން އަކުން އަމީތާބް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.