ވަރަށް އަވަހަށް ރަންބީރު ކަޕޫރު ކައިވެންޏެއްކޮށް އަމިއްލަ ދިރިއުޅުމެއް ފަށާތަން ދެކެން ބޭނުންވާ ކަމަށް އޭނާގެ ބައްޕަ އަދި ކާމިޔާބު އެކްޓަރު ރިޝީ ކަޕޫރު ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ރިޝީ ބުނީ ރަންބީރުގެ އުމުރުން މިހާރު 35 އަހަރު ވެފައިވާ ކަމަށާއި، މިހާރު ކައިވެނި ކުރަން ވެއްޖެ ކަމަށެވެ.

"އަހަރެން އަމިއްލަ ދިރިއުޅުމެއް ފަށައިފިން 27 އަހަރުގައި. ރަންބީރަށް މިހާރު 35 އަހަރު. އެހެންވީމަ މިހާރު ކައިވެންޏާ މެދު އޭނާ ވިސްނަން ވެއްޖެ،" ރިޝީ ބުންޏެވެ.

ރިޝީ ބުނީ ރަންބީރު ބޭނުން މީހަކާ ކައިވެނި ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި، އެކަމުގައި އޭނާ އަދި ނީތޫގެ މައްސަލައެއް ނެތް ކަމަށެވެ. އަދި މަރުވުމުގެ ކުރިން ކާފަ ދަރިންނާ އެކު ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށެވެ.

ރިޝީ ބުނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ބޭރަށް ގޮސް އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ނުލިބޭތީ، އެކްޓަރުންނަށް ހަޔާތެއް ފަށަން ގިނަ ފަހަރަށް ލިބެނީ އެކްޓަރުން ކަމަށެވެ.

ރަންބީރުގެ ކައިވެނީގެ ވާހަކަ ރިޝީ ދައްކާފައި މިވަނީ ރަންބީރާއި އާލިއާ ބަޓްގެ ގުޅުމަށް އަދި މާގިނަ ދުވަހެއް ނުވަނީހެވެ. ނަމަވެސް ރަންބީރުގެ އެހެން ލޯބިވެރިންނާ ޚިލާފަށް، އޭނާގެ މަންމައަށް އާލިއާ ވަރަށް ބޮޑަށް ކަމުދާ ކަން ސޯޝަލް މީޑިއާއިން ފާހަގަވެއެވެ.