25 Jul 2018, 08:35
މުމްބާއީގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ހައްޔަރުކުރި، ކާމިޔާބު ޓީވީ ޑްރާމާ "ބާލިކާ ވަދޫ"އިން ފެނިގެން ދިޔަ އެކްޓަރު ސިދާތު ޝުކްލާ ދޫކޮށްލައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު އެކްސިޑެންޓު ހިނގައިފައި ވަނީ ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސިދާތުގެ ކާރު ކޮންޓްރޯލު ނުވެ ގޮސް، އިތުރު ކާރުތަކެއްގައި ޖެހިގެންނެވެ.
ސިދާތު ދޫކޮށްލާފައިވަނީ ކަފާލާތުގެ ދަށުން 5000 ރުޕީސް ދެއްކުމުންނެވެ. ފުލުހުންނާ ހަވަލާދީ އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އެހެންމީހުންގެ ފުރާނަ އާއި މުދަލަށް ނުރައްކާވާ ގޮތަށް އަދި ގަވާއިދާ ޚިލާފަށް ދުއްވުމުގެ ކުށުގައެވެ.
އެކްސިޑެންޓުގައި ހަތަރު ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އެނދުމަތިކޮށް ވަނީ ފަރުވާދީފައެވެ.
ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު "ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިއާ" އިން ވެސް ސިދާތު ފެނިގެން ދިޔައެވެ.