24 Jul 2018, 20:20
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު ފައިސަލް ނަސީމަށް ރަނިންގްމޭޓް ކަން ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ރަނިންގްމޭޓް ކަން ހަވާލުކުރުމަށް މިއަދު މާފަންނު ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިސްބައެއް ބޭފުޅުން ބައިވެރިވެ ބައިވެރިވިއެވެ. އެ ބޭފުޅުން ވަނީ ފައިސަލަށް މަރުހަބާ ދަންނަވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ކުރިއަށް އޮތްތާގައި އެންމެން ގުޅިގެން ގާނޫނުގެ ތެރެއިން މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެކަމަށެވެ.
ރަނިން މޭޓަކަށް ފައިސަލް ހަމަޖެއްސުމުން އެމްޑީޕީގެ ބައެއް މީހުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ފައިސަލް އަށް ރަނިން މޭޓްކަން ދިން އިންތިޚާބު ބާތިލްކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު މޫސާ އަންވަރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ މައްސަލަ އަނބުރާ ނަގާފައެވެ.