24 Jul 2018, 18:39
ކްރިސްޓޮފާ މެކުއަރީ ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "މިޝަން އިމްޕޮސިބަލް 6- ފޯލްއައުޓް" މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެކްޝަން އެޑްވެންޗަރަސް ޖޯންރާ އަށް ތައްޔާރުކޮށްފައިވާ އެ ފިލްމުގެ ބައެއް ތަރިންނަކީ ރެބެކާ، ޓޮމް ކްރުއިސް، ސައިމަން ޕެގް އަދި ހެންރީ އެވެ.
ޝައުގުވެރިވާ، ނޭވާ ހިފަހައްޓާލަން ޖެހޭ ގިނަ ކަންތައްތަކެއް ޓްރެއިލާ އިން ފެނިގެންދިޔައިރު ފިލްމުވެސް ޝައުގުވެރިވާނެ ކަމުގެ ޔަގީންކަން ފިލްމުގެ ޓީމުން އަރުވައެވެ.
ޝްވެކް ސިނަމާ އިން ބުނީ މިއަދުން ފެށިގެން ފިލްމުގެ ޓިކެޓް ބުކް ކުރުން ހުޅުވާލާފައިވާ ކަމަށެވެ.