ޕާޓީތައް އެކުވެގެން މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި ވަރަށް އަވަހަށް މެނިފެސްޓޯ އާންމު ކުރާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މިއަދު ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަޒީރާ ކެމްޕޭންގެ ތަރުޖަމާރު އަދި މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވެ މެނިފެސްޓޯއެއްގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އަދި ވަރަށް އަވަހަށް އެ މެނިފެސްޓޯ އާންމު ކުރެވިގެންދާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މީގެ ކުރިން އެމްޑީޕީން ވަނީ ޖަޒީރާ ރާއްޖޭގެ ނަމުގައި މެނިފެސްޓޯއެއް އެކުލަވާލައިފަ އެވެ. މާރިއާ ވިދާޅުވީ އާ މެނިފެސްޓޯ އެކުލަވާލަނީ އެ މެނިފެސްޓޯގައި ހުރިކަންތަތައްތަކާއި އެހެން ޕާޓީތަކުގެ ހިޔާލާ އެކު ކަމަށެވެ.

ކޯލިޝަނުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މާރިޔާ ވިދާޅުވި އެވެ.