24 Jul 2018, 13:26
ދިވެހި ފިލްމީ ދާއިރާގައި ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދެމުން އަންނަ ފިލްމް އެވޯޑްސް އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ނިންމައި 2017 ވަނަ އަހަރު ނެރެފައިވާ ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
"ދިވެހި ފިލްމު އެވޯޑްސް 9"ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 30ގެ 13:00ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.
މިދިޔަ އަހަރު ނެރުނު ފިލްމުތަކުގެ ތެރޭގައި މަލިކާ، ވިޝްކާ، އިލް ނޮއިސް، މީ ލޯތްބަކީ، ނޯޓީ 40، ހައްދު، ބޮސް ނޭދެން ވަކިވާކަށް ހިމެނެއެވެ.
ފިލްމް އެވޯޑްސް ޑިސެމްބަރަށް ތާވަލްކޮށްފައިވާއިރު އެވޯޑް ބާއްވާނެ ސީދާ ތާރީހެއް އަދި އާންމެއް ނުކުރެއެވެ.
އަށް ވަނަ ފިލްމު އެވޯޑް ހަފްލާގައި އެންމެ މޮޅު ފީޗާ ފިލްމަކަށް ހޮވިފައިވަނީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ވާށޭ މަށާ އެކީ" އެވެ. އެންމެ މޮޅު ކުރު ފިލްމަކަށް ހޮވިފައިވަނީ ވެސް ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރު ފިލްމު ވޫޑޫ އެވެ.