ޔޫޓިއުބުން ވީޑިއޯ ސްޓްރީމް ކުރާ މީހުންނަށް އާ ވީޑިއޯއާއި ޗެނަލްތައް ބަލައިލަން ފަސޭހަވާނެ ފީޗާއެއް ޓެސްޓުކުރަން ނިންމައިފިއެވެ.

"އެކްސްޕްލޯ" ގެ ނަމުގައި ޓެސްޓުކުރާ މި ފީޗާ "ޕޮޕް އަޕް" ޓެބެއްގެ ގޮތުގައި ޔޫޓިއުބްގެ މޯބައިލް އެޕްލިކޭޝަނުން ފެންނާނެއެވެ.

މި ފީޗާއަކީ އެމީހަކު އާންމުކޮށް ސްޓްރީމްކުރާ ވީޑިއޯތަކަށް ބަލައި، އެ ޔޫޒަރަކަށް އެންމެ ކަމުދާނެ ވީޑިއޯތައް ސަޖެސްޓުކޮށްދޭނެ ފީޗާ އެކެވެ. މި ފީޗާ އެންމެ ވައްތަރުވާނީ އިންސްޓަގްރާމުގެ "އެކްސްޕްލޯ" ފީޗާ އާއެވެ.

ޓްވީޓަ އިންވެސް ވަނީ މިއާ އެއްގޮތް ފީޗާ އެއް ހިމަނައިފައެވެ. އެގޮތުން ފޮލޯ ނުކުރާ މީހުން ކޮށްފައި ހުންނަ، ބައެއް ޓްވީޓުތައް މި ފީޗާ މެދުވެރިކޮށް ބަލައިލެވެއެވެ.