24 Jul 2018, 08:12
ބޮލީވުޑްގެ ކާމިޔާބު ފިރިހެން ތަރި ޝާހިދު ކަޕޫރު ޒީ ސްޓޫޑިއޯގެ ތިން ފިލްމެއް ކުޅުމަށް އެއްބަސްވެއްޖެ ކަމަށް ޚަބަރުތައް ބުނެފިއެވެ.
ޒީ ސްޓޫޑިއާ ޝާހިދު އާ ހެދި އެއްބަސްވުމަކީ ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަކަށް ހެދި އެއްބަސްވުމެކެވެ.
ފަސް އަހަރުގެ ތެރޭގައި ޝާހިދު ކަޕޫރު ލީޑް ރޯލެއް ކުޅޭ ތިން ފިލްމެއް ފެންނާނެ ކަމަށް ބުނި ނަމަވެސް މިކަމާ ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި އެއްބަސްވުމާ ބެހޭ އިތުރު ތަފްސީލް ވަރަށް އަވަހަށް ޒީ ސްޓޫޑިއޯ އިން އާންމުކުރާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ޝާހިދު ކަޕޫރު ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނެ ފިލްމަކީ އަންނަ ސެޕްޓެމްބަރު 21 ގައި ރިލީޒް ކުރާ "ބައްތީ ގުލް މީޓަރު ޗާލޫ" އިންނެވެ. އޭނާ އެންމެ ފަހުން ސްކްރީނުން ފެނުނީ "ޕަދްމާވަތް" އިންނެވެ.