Back
Nov 24, 2025 SUN
SUN

މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހަދައިދިނުން މެދުކަނޑާލައިފި

މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހަދައިދިނުން މެދުކަނޑާލައިފި
Lead photo

މައުލޫމާތު ބަދަލުވެގެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އިން މެދުކަނޑާލައިފިއެވެ.

މިއަދު ކުރި އިއުލާނެއްގައި އެ ޑިޕާޓްމެންޓުން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާތީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހަދައިދިނުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެ ޑިޕާޓްމެންޓުން ބުނީ އެގޮތަށް ނިންމަންޖެހުނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

ރިޔާސީ އިންތިހާބަށް ފަހު މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހެދުން އަލުން ފަށާނެ ކަމަށް ވެސް އެ ޑިޕާޓްމެންޓުގެ އިއުލާނުގައި ވަނީ ބުނެފައެވެ.

އިއްޔެ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއިން ބުނީ އައިޑީކާޑުގައި ހިމެނޭ މައުލޫމާތުގެ ތެރެއިން ފުރިހަމަ ނަން، އެޑްރެސް ނުވަތަ އުފަން ތާރީޚަށް ބަދަލު އައިސްގެން ކާޑު އާކުރާ މީހުންނަށް ވޯޓު ނުލެވިއްޖެ ނަމަ އެކަމުގެ ޒިންމާ ނުނަގާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދަފުތަރު ކެޓެގަރީއަށް ފޯމު ހުށަހެޅުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމުން ގިނަ ބަޔަކު ދަނީ ދަފުތަރުގައި ރަޖިސްޓްރީ ވަމުންނެވެ. އަދި އެއާއެކު އައިޑީކާޑުގެ މައުލޫމާތު ބަދަލުކުރަން އެ މީހުން ދަނީ ހުށަހަޅަމުންނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics