23 Jul 2018, 13:59
ހަކުރު ބަލި ހުންނަ މީހުންނަށް ބޭނުންކުރެވޭ އިންޑިއާގެ އެއް ވަނަ ސުވީޓްނާ ބްރޭންޑް ކަމައްވާ "ޝުގާ ފްރީ" އެސްޓީއޯ ސުޕަމާޓުން ހާއްސަ އަގުތަކެއްގައި ރާއްޖެ އަށް ތައާރަފްކޮށް، ވިއްކަން ފަށައިފި އެވެ.
އިންޑިޔާގެ "ޒީދަސް ވެލްނެސް" ކުންފުނީގެ އުފެއްދުމެއް ކަމަށްވާ ޝުގާފްރީ ބްރޭންޑްގެ ތިން ވައްތަރެއްގެ ހަކުރު އެސްޓީއޯއިން ވަނީ ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ. އެއީ ޝުގާ ފްރީ ގޯލްޑް، ޝްގާފްރީ ނެޗުރަލް އަދި ޝުގާ ފްރީ ގްރީން އެވެ.
- ޝުގާ ފްރީ ގޯލްޑް: އުފައްދާފައި ވަނީ ހަކުރުގެ ބަދަލުގައި އާޓިފިޝަލް ސުވީޓްނާ ބޭނުންކޮށްގެނެވެ. އަދި މިވައްތަރަކީ ހަކުރު ބޭނުންކުރާ މިންވަރަށް ބަލައިގެން އުޅޭ މީހުންނަށް ޚާއްސަކޮށް، އާންމުކޮށް ބޭނުންކުރާ ހަކުރަށް ވުރެ ކެލޮރީސް މަދުކޮށްފައި ހުންނަ ހަކުރެކެވެ. އަދި މިހަކުރު ބޭނުންކުރަން އެންމެ ރަނގަޅީ ސައި، ކޮފީ އަދި ޖޫސް ފަދަ ބުއިންތަކާ އެކުގަ އެވެ.
- ޝުގާ ފްރީ ނެޗުރަލް: މިއީ އެއްވެސް ވަރަކަށް ކެލޮރީ ނުހިމެނޭ ހަކުރެކެވެ. އަދި ޑައިބެޓިކް ބޭފުޅުންނަށް ޚާއްސަ، ކެއްކުމަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ހަކުރެކެވެ.
- ޝުގާ ފްރީ ގްރީން: އަކީ 100 ޕަސެންޓް ގުދުރަތީ ސްޓެވިއާ ފަތުން އުފައްދައިފައިވާ، އެއްވެސް މިންވަރަކަށް ކެލޮރީސް ނުހިމެނޭ ހަކުރުގެ ބާވަތެކެވެ. މިއީ ޑައިބެޓިކް ބޭފުޅުންގެ އިތުރުން އެކި އުމުރުފުރާއިގެ މީހުންނަސް ވެސް ބޭނުންކުރެވޭނެ ހަކުރެކެވެ.
އެެ ތިން ބާވަތުގެ 50 އަދި 100 ގުޅައިގެ ޕެކިންގެ އިތުރުން 100 އަދި 300 ގުޅަ ހިމެނޭ ޕެކިން އެސްޓީއޯ ސްޕަމާޓުން ވިއްކާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ޝުގާފްރީ ހަކުރަކީ އިންޑިޔާގެ 94 ޕަސެންޓް މާކެޓް ހިއްސާ އޮންނަ ބްރޭންޑެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެގޮތުން އެ ބްރޭންޑަކީ، އިންޑިއާގެ ހޮޓާ، ރިސޯޓް، ރެސްޓޯރެންޓް، ކެފޭ އަދި ބޭކަރީތަކުގައި ވެސް ބޭނުންކުރަމުން އަންނަ މަގުބޫލު ހަކުރެކެވެ.