23 Jul 2018, 12:19
އެމްޑަބްލިޔުއެސްސީގެ ސާވޭ ޓީމެއް ދަތުރު ކުރި ޑިންގީއެއް ލ. ބަރެސްދޫ ކައިރިއަށް ބަންޑުންޖަހާލައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ 10 މީހުންނާ އެކު ދަތުރު ކުރި ޑިންގީ ބަންޑުން ޖަހާލީ ބަރެސްދޫ ކައިރިއަށް މިއަދު ހެނދުނު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑިއެފުން ބުންޏެވެ.
މީޑިއާ އޮފިސަރު ވިދާޅުވީ ފުލުހުންނާއި އާމުން ގުޅިގެން އިތުރު ޑިންގީއެއް ފޮނުވައި އެ 10 މީހުން ލ. މަހަކަންފުށި ކިޔާ ފަޅުރަށަކަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ޑިންގީގައި ދަތުރުކުރަމުން ދިޔައީ ނުވަ ފިރިހެނުންނާއި ބިދޭސީ އަންހެނެކެވެ.