މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ތިން ވަނަ ޑިވިޒަން ފުޓްބޯޅަ މުބާރާތް އަންނަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެ އެވެ.

މުބާރާތް ބާއްވާ ތަރީހް އިއުލާންކޮށް މިއަދު މެންދުރު ފަހު އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިމުބާރާތުގައި ބަވެރިވާން ބޭނުންވާ ފަރާތްތަކަށް އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން އެފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ އެފްއޭއެމްގެ ކުލަބް ޖަމިއްޔާ ޖަމާއަތްތައް ފިޔަވައި އެސޯސިއޭޓް މެމްބަރު ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށް މުބާރާތުގައި ބައިވެރި ވެވެނީ 3000 ރ. އެފްއޭއެމް އަށް ދެއްކުމަށް ފަހު ކަމަށް އެބަޔާނުގައި ބުނެފައި ވެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެފްއޭއެމް އަށް ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާނުގައި ބުނާއިރު، ޓީމް ލިސްޓާއި ފޯމް ފުރިހަމަ ކުރުމަށް ފަހު، އަންނަ މަހުގެ ފަހެއްގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
"ޓީމް ލިސްޓާ އެކު އައިޑީކާޑު ކޮޕީ. ޕާސްޕޯޓް ސައިޒްގެ ދެ ފޮޓޯ." ނޫސް ބަޔާނުގައި ބުނެ އެވެ.