އައްޑޫ ސިޓީ ހިތަދޫގައި ދެ މީހެއްގެ ގަޔަށް ވަޅިހެރުމަށްފަހު ސައިކަލެއްގައި ރޯކޮށްލައިފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިރޭ 10:00 ގައި ދެ މީހެއްގެ ގަޔަށް ވަޅިހަރާފައި ވަނީ ހިތަދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައެވެ. އަދި އެއަށްފަހު ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓުވައި އެ ސައިކަލްގައި ރޯކޮށްލާފައިވާ ކަމަށް ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ވަޅިހެރި ދެ މީހުން އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. ވަޅިން ހަމަލާދީފައި ވަނީ އެ ދެ މީހުންގެ ބޮލަށް ކަމަށާއި އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.