22 Jul 2018, 17:03
ހައިކޯޓުގެ ފަނޑިޔާރުު ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފައިސަލް އާއި ސ. ހިތަދޫ ބާޒީގެ ހުސެއިން ޝަހީދު އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ބ. ފުޅަދުއަށް ނިސްބަތްވެވަޑައިގަންނަވާ ފައިސަލް އަކީ ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެމްބަރެވެ.
މިހާރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންކަން ކުރައްވާ ހުސެއިން ޝަހީދަކީ އެ ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމްވެސް އަދާކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓުކަން ވެސް ކުރައްވާފައެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިިންމި ހުސެއިން ޝަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފައިސަލް އާއި ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމާފައިވާއިރު އެންޓި ކޮރަޕްޝަން ކޮޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު އާއި އިތުރު އެހެން ބޭފުޅުންތަކެއްވެސް ވަނީ އެ މަގާމަށް ކުރިމަތިލައްވާފަ އެވެ.
ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ހައިކޯޓުގައި ތިބެން ޖެހޭނީ ޖުމްލަ 11 ފަނޑިޔާރުންނެވެ.
އެ ކޯޓުން ދެ ފަނޑިޔާރެއްގެ މަގާމް ހުސްވެެފައިވ ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްް ޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ ގުޅިގެންނެވެ.