21 Jul 2018, 22:29
މައްސަރު ދުވަސްވަރު އަންހެނުން ބޭނުންކުރާ ސެނިޓަރީ ނެޕްކިންސް އިން ޓެކްސް ނެގުން އިންޑިއާގައި ހުއްޓާލައިފިއެވެ.
މައްސަރު ދުވަސްވަރު ސާފުތާހިރު ވުމަށާއި ފަސޭހަ ކަމާއެކު ސެނިޓަރީ ނެޕްކިންސް ލިބޭނެގޮތް ފަހިކުރުމަށް އިންޑިއާގައި ވަނީ މީގެ ކުރިން ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ.
ސެނިޓަރީ ނެޕްކިންސް އަދި ޓެމްޕޯންސް އިން އިންޑިއާގައި 12 ޕަސެންޓު ޓެކްސް ނަގަން ފެށިތާ އަހަރެއް ވެއްޖެއެވެ. މައްސަރު ތަކެތިން ޓެކްސް ނެގުމާ ދެކޮޅަށް އިންޑިއާގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.
މައްސަރު ދުވަސްވަރު ސާފުތާހިރުކަން އިތުރު ކުރުމަށާއި، ރައްކާތެރި ސެނިޓަރީ ނެޕްކިންސް ފޯރުކޮށްދިނުމުގެ މުހިއްމުކަން އަންގައިދިނުމަށް ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އިންޑިއާގައި ވަނީ "ޕެޑް މޭން"ގެ ނަމުގައި ފިލްމެއްވެސް އުފައްދައިފައެވެ.