އަނޫރާގް ކަޝްޔަޕް ޑައިރެކްޓު ކުރާ ފިލްމު "މަންމަރްޒިޔާން" ރިލީޒް ކުރާ ތާރީޚަށް ބަދަލު ގެނެސްފިއެވެ.

އަބީޝެކް ބައްޗަން، ވިކީ ކޯޝަލް އަދި ތާޕްސީ ޕަންނީ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރަން ފުރަތަމަ ހަމަޖެއްސީ ސެޕްޓެމްބަރު ހަތެއްގައެވެ.

ނަމަވެސް މިހާރު އަންނަ މަހުގެ 21 ގައި ފިލްމު ރިލީޒް ކުރަން މިވަނީ ހަމަޖައްސައިފައެވެ. އެދުވަހު ޝާހިދު ކަޕޫރު އަދި ޝްރައްދާ ކަޕޫރުގެ "ބައްތީ ގުލް މީޓަރު ޗާލޫ" ވެސް ރިލީޒް ކުރާނެއެވެ.

"މަންމަރްޒިޔާން" އަކީ ދެ އަހަރަށް ފަހު އަބީޝެކް ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ އާނަންދު އެލް ރާއީއެވެ.