ހުޅުމާލޭގައި މިރޭ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ޒުވާނެއްގެ ބޯފައިޅައިގެން ގޮސް ހާލު ސީރިއަސް ވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ކްރިޓިކަލް ކަމަށެވެ. އެއީ އުމުރުން 18 އަހަރުގެ ކުއްޖެއް ކަމަށާއި މިރޭ 10:30 ގައި އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އޭނާ ހޮސްޕިޓަަލަށް ގެންގޮސްފައިވަނީ މިރޭ 9:00 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ބުނީ އެ އިންސިޑެންޓް ހިނގީ މިރޭ ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިިގެން ވެއްޓިގެން ކަމަށެވެ.