ޒިއޯން މޮބައިލްސްގެ އާ ފިހާރައެއް މަޖީދީ މަގުގައި ރޭ ހުޅުވައިފިއެވެ.

މަޖީދީ މަގުގައި ހުންނަ މިލިއަން ބުކްޝޮޕް ކައިރީގައި ރޭ އެ ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފިހާރަ ހުޅުއްވައިދެއްވީ ދަމާސްގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސޯލިހުއެވެ.

މިއީ ޒިއޯން މޮބައިލްސްއިން މާލޭގައި ހުޅުވި ދެވަނަ ފިހާރައެވެ. މިރޭ ހުޅުވި ފިހާރައާއެކު ސާވިސް ސެންޓަރެއްވެސް ވަނީ ގާއިމްކޮށްފައެވެ. ޒިއޯން އިން މިހާރުވެސް މަޖީދީ މަގުގެ ޕިއްޒާ ބޯނާ ކައިރީގައި ދަނީ ފިހާރައެއް ހިންގަމުންނެވެ.

ޒިއޯން އިން ބުނީ ރޭ ހުޅުވި ފިހާރައިން ދުނިޔޭގެ އެންމެ ފަހުގެ ފޯނުތަކުގެ އިތުރުން އެސަސަރީޒްވެސް ލިބެން ހުންނާނެ ކަމަށެވެ.

ބޮޑުބެރު ގްރޫޕް 1438ގެ ހުށަހެޅުންތަކާއެކު ރޭ ބޭއްވި ކުލަގަދަ ހަފްލާގައި، އެ ފިހާރައަށް ޒިޔާރަތްކުރި މީހުންގެ މެދުގައި ގުރުއަތުލައިގެން ލަކީ ޑްރޯއެއްވެސް ވަނީ ބާއްވައިފައެވެ. ލަކީ ޑްރޯއިން ގުރުއަތުން ހޮވުނު މީހުންނަށް ދީފައިވަނީ އެމްއައި ނޯޓް 3ގެ ފޯނެކެވެ.