20 Jul 2018, 17:36
އެޕަލްގެ މެކްބުކް ބޭނުންކުރާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ކީބޯޑުގެ ފިތްތައް ދޭތެރެއަށް ހިރަފުސް ވަދެ ފިތްތައް ރަނގަޅަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާއެވެ. ދެން ޖެހެނީ ހަރަދެއް ކޮށްފައި ކީބޯޑުގެ މައްސަލަ ހައްލު ކުރާށެވެ.
އެކަމަކު އެޕަލް އިން ބުނާގޮތުން އެމީހުންގެ އެންމެ ފަހުގެ މެކްބުކް މޮޑެލްގައި ކީބޯޑަށް ހިރަފުސް ނުވަންނާނެ ގޮތަކަށް ކީބޯޑަށް ވާނީ ރަބަރު ފަށެއް އިތުރުކޮށްފައެވެ.
މިއާއެކު ހިރަފުސް ވަނުމުގެ މައްސަލަ ހައްލުވުމުގެ އިތުރުން ޓައިޕް ކުރާއިރު އިވޭ އަޑުވެސް މަޑުވާނެ ކަމަށް އެޕަލް އިން ބުނެއެވެ.
އެޕަލްގެ ރިޕެއާ ސެންޓަރު ތަކަށް ފޮނުވާފައިވާ ނޯޓިސް އެއްގައި ބުނެފައިވަނީ ރަބަރު ފަށަލައާއެކު ހިރަފުސް ވަންނަ މައްސަލައަށް ހައްލެއް ލިބިފައިވާ ކަމަށެވެ.
ކުރީގެ މޮޑެލްތަކާ އަޅާބަލާއިރު ފަހުގެ މެކްބުކްގައި ސްޕޭސް ބާ އަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އާ ސްޕެކްސް އާއެކު އެޕަލް އިން މެކްބުކްގެ އަޕްގްރޭޓެޑް މޮޑެލްތަކެއް ބާޒާރަށް ނެރުނީ ހުސްވި ހަފްތާގެ ތެރޭގައެވެ.