ހަތް އަހަރަށްފަހު ބޮލީވުޑްގެ ދެތަރި ކަމަށްވާ ޝާހްރުކްހާން އަދި ކަރީނާ ކަޕޫރު އެއްކޮށް އެއް ފިލްމަކުން ފެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޝާހްރުކް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ސެލިއުޓް"ގައި ހަރަކާތްތެރިވުމަށް ކަރީނާ އަށް ހުށައަޅާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ފިލްމު ކުޅޭނެ ކަމަށް ކަރީނާ އެއްބަސްވެ ސޮއިކޮށްފި ނަމަ އޭނާ ކުޅޭނީ ޝާހްރުކްގެ އަންހެނުންގެ ރޯލެވެ.

ފިލްމުގެ ޓީމާ އެކީ ކަރީނާ މިހާރު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި އޭނާ ހުރީ ޝާހްރުކް އާ އެކީ މަސައްކަތްކޮށްލަން ކެތްމަދުވެފައި ކަމަށެވެ.

ޝާހްރުކް އާއި ކަރީނާ އެއްކޮށް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމު "ރާވަން" އިންނެވެ.

ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ވީރޭ ދި ވެޑިން" އިންނެވެ. ޝާހްރުކް އެންމެ އަވަހަށް ދެން ސްކްރީނުން ފެނިގެންދާނެ ފިލްމަކީ "ޒީރޯ" އެވެ.