އިތުރު 29 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ސެޕްޓޭމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މީގެ ކުރިން ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އެންމެ ހަތް ރިސޯޓުގައެވެ. ނަމަވެސް، 100 މީހުން ހަމަވާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ފަހުން ވަނީ ނިންމާފައެވެ.

މިރޭ އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ވަނީ އިތުރު 29 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަން އިއުލާނު ކޮށްފައެވެ. މިއާއެކު ވޯޓު ފޮށި ބަހައްޓާ ރިސޯޓުތަކުގެ އަދަދު މިވަނީ 36 އަށް އިތުރުވެފަ އެވެ.

އެ ރިސޯޓުތަކަކީ:

  1. ކ. ވަން އެންޑް އޮންލީ ރީތިރަށް

  2. ހއ. ޖޭއޭ މަނަފަރު
  3. ކ. ކުރުނބާ މޯލްޑިވްސް
  4. އދ. ލަކްސް ސައުތު އަރިއެޓޯލް
  5. ކ. ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕ
  6. ކ. ގިރިލަންކަންފުށި
  7. ކ. ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސް
  8. ކ. ހުވަފެންފުށި ރިސޯޓު އެންޑް ސްޕާ
  9. ކ އަދާރަން ސިލެކްޓް ހުދުރަންފުށި
  10. ބ. އަނަންތަރާ ކިހާވަށް ވިލާސް
  11. ބ. ވައްކަރު މޯލްޑިވްސް
  12. ކ. ވެލައްސަރު މޯލްޑިވްސް
  13. ބ. އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސް
  14. ކ. ކޮކޯ ބޮޑު ހިތި
  15. ރ. ކުޑަފުށި ރިސޯޓު އެންޑް ސްޕާ
  16. ޅ. އެޓްމޮސްފިއަރ ކަނިފުށި މޯލެޑިވްސް
  17. ކ. ބަރޮސް މޯލްޑިވްސް
  18. ޗެވަލް ބްލޭންކް ރަންދެލި
  19. ކ. ކްލަބް މެޑް ކަނިފިނޮޅު
  20. ޅ. ކޮކޫން މޯލްޑިވްސް
  21. އއ. ކޮންސްޓަންސް ހަލަވެލި ރިސޯޓު
  22. ގދ. އަމާރި ހަވޮއްޑާ މޯލްޑިވްސް
  23. ކ. ގްރޭންޑް ޕާކް ކޮދިއްޕަރު މޯލްޑިވްސް
  24. އދ. ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ
  25. ޅ. ކަނުހުރާ
  26. ބ. މިލައިދޫ އައިލެންޑް މޯލްޑިވްސް
  27. ކ. އޯޒެން ބައި އެޓްމޮސްފިއަރ އެޓް މާދޫ
  28. ބ. ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ
  29. ދ. ނިޔަމަ މޯލްޑިވްސް

މީގެ ކުރިން ވޯޓު ފޮށި ބަހައްްޓަން އިލެކްޝަންސް އިިން ނިންމާފައިވާ ރިސޯޓުތަކަކީ:

  1. އއ. ކުރަމަތި އައިލެންޑް ރިސޯޓް

  2. އދ. ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓް
  3. އދ. ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާ
  4. ކ. ބަނޑޮސް މޯލްޑިވްސް
  5. ކ. ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ
  6. ޅ. ކުރެއްދޫ އައިލެންޑް ރިސޯޓް
  7. ނ. ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް ރިސޯޓް

އިލެކްޝަންސްގެ އިއުލާނުގައި ބުނެފައި ވަނީ 100 (ސަތޭކަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރިސޯޓެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަމަށެވެ.

އަދި އެފަދަ ހާލަތެއްގައި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަމަށެވެ. އަދި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދެވޭނެކަމަށެވެ.