19 Jul 2018, 09:09
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ކުރިއަށް އޮތް ފިލްމު "މޭޑް އިން ޗައިނާ" ގެ ލީޑު ކާސްޓުގެ ގޮތުގައި ރާޖްކުމާރު ރާއޯ އަދި މޯނީ ރޯއީ ހަމަޖައްސައިފިއެވެ.
އަންނަ ސެޕްޓެމްބަރު މަހު މުމްބާއީގައި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވާއިރު، ގުޖުރާތު ޗައިނާގައި ވެސް ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ފިލްމުގައި ރާޖްކުމާރު ފެނިގެންދާނީ ގުޖުރާތުގެ އާދައިގެ ވިޔަފާރިވެރިއެއްގެ ރޯލުންނެވެ. އަދި މޯނީ އަދާކުރާނީ ރާޖްކުމާރުގެ އަނބިމީހާގެ ރޯލެވެ.
ފިލްމުގައި ފެނިގެންދާނީ ރާޖްކުމާރުގެ ވިޔަފާރި ކޮޅަށް ޖެހުމަށް އެދެމަފިރިން ކުރާ ދަތުރެވެ.
ފިލްމު ޑައިރެކްޓު ކުރާނީ ރާޖްކުމާރުގެ ފިލްމު "ސްޓްރީ" ވެސް ޑައިރެކްޓު ކޮށްފައިވާ މިކިލް މުސާލޭ އެވެ.