15 Sep 2011, 10:39
ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އަށް މޮބައިލް ފޯނާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ޕެކެޓްތަކަކާ އެކު ފުލުހުން އދ. މާމިގިލިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމަހުގެ 13 ވަނަ ދުވަހު އދ. މާމިގިލީ ނެދުންގެ ބަލާފާސްކުރުމުގެ ތެރޭގައި އެގޭ ކޮޓަރިއެއްގެ ސީލިން ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިވާ ހަތް ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މޮބައިލް ފޯނުތައް ފެނިފައިވަނީ ވެސް އެކޮޓަރި ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެވަގުތު އެކޮޓަރި ތެރޭގައި ތިބި އުމުރުން 21 މީހަކާއި 49 އަހަރުގެ މީހެއް ކަމަށެވެ.
މީގެއިތުރުން ހަމައެދުވަހު މެންދުރު މާލެއިން މާމިގިއްޔަށް ދިޔަ ފެރީއަކުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އާޅާފައި ހުރި ހަ ޕެކެޓާ އެކު ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރުގެ މީހެކެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގީ ކުރަމުންނެވެ.