Back
Nov 24, 2025 SUN
SUN

ރިސޯޓް ވޯޓާއި އެހީ ބޭނުންވާ މީހުންގެ މައްސަލާގައި އިދިކޮޅު ޕާޓީތަކުން އީސީއާ މަޝްވަރާކޮށްފި

ރިސޯޓް ވޯޓާއި އެހީ ބޭނުންވާ މީހުންގެ މައްސަލާގައި އިދިކޮޅު ޕާޓީތަކުން އީސީއާ މަޝްވަރާކޮށްފި
Lead photo

ރިޔާސީ އިންތިހާބުގައި ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށާއި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އިލެކްޝަންގެ އޮފިޝަލުންގެ އެހީތެރިކަމާ އެކު ވޯޓު ލާން ޖެހޭ ގޮތަށް ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް މަޝްވަރާ ކޮށްފި އެވެ.

އިލެކްޝަންސް އިން ނިންމި އެ ދެ ނިންމުމާ ބެހޭ ގޮތުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ބޭފުޅުންތަކަކާ ބައްދަލު ކޮށްފައިވާ ކަމަށް މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މިއަދު އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީ އާ އެކު ބޭއްވި މަޝްވަރާތަކާ ބެހޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިއާޒު ވިދާޅުވީ، ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމުން 10،000 މީހުންގެ ހައްގުތައް އުނިވާނެކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ލެވޭ ގޮތް ބަދަލު ކުރަން ނިންމި ނިންމުމުގެ ސަބަބުން ވޯޓަށް ނުފޫޒު ފޯރުވިދާނެ ކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށެވެ.

މީގެ އިތުރުން އެހީތެރިވުމަށް ބަހައްޓާ އިލެކްޝަންސްގެ އޮފިޝަލުންނަކީ ވަކި ބަޔެއްގެ ނުފޫޒު ފޯރާފައިވާ ބައެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެން ކަމުން އެކަމުގެ ޝަކުވާ ވެސް ހުށަހެޅި ކަމަށް ނިއާޒު ވިދާޅުވި އެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ބުނީ ގަވާއިދަށް ބަދަލު ގެނެސްފައި ވަނީ އެއްވެސް ނުފޫޒެއް ނެތި އެމީހަކު ބޭނުން މީހަކަށް ވޯޓު ލުމަށް މަގުފަހި ކުރުމަށް ކަމަށެވެ. އަދި ގަވާއިދަށް ގެނައި އިސްލާހަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޮޑެތި އިންތިޚާބުތަކުގައި ކަންތައް ކުރާ ގޮތް ދިރާސާ ކުރުމަށް ފަހު ގެނައި އިސްލާހެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނާއި އަދަދު:

  • މާލޭ ރައްޔިތުން ވޯޓު ލުމަށް: 56 ފޮށި

  • މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުން ވޯޓުލުމަށް: 72 ވޯޓު
  • ރިސޯޓުތަކުގައި ބަހައްޓާ ފޮށި: 7 ފޮށި
  • ޖަލުތަކުގައި ބަހައްޓާ ފޮށި: 4 ފޮށި
  • ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮށި: 5 ފޮށި
  • ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ބަހައްޓާ ވޯޓު ފޮށި: 6
  • އަތޮޅުތެރޭގައި އަދި ސިޓީތަކުގައި ބަހައްޓާ ފޮށި: 301 ފޮ

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics