19:00


ގިނަ އަދަދެއްގެ ކުޑަކުދިންތަކަކާއެކު ޖިންސީ ގުޅުން ހިނގި ގ. ވޭރުގޭ ހުސެއިން ފަޒީލުގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކުގެ ތެރެއިން ސާބިތުނުވި ދެ ދައުވާގެ ހުކުމް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފި އެވެ.


ހައިކޯޓުން ބުނީ ފަޒީލްގެ މައްޗަށް ސާބިތުނުވާ ކަމަށް ޖިނާއީ ކޯޓުން ކަނޑައެޅީ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ބަނގުރާ ބުއިމުގެ ދައުވާ ކަމަށެވެ. އެގޮތުން މިއަދު އެމައްސަލާގެ ތެރެއިން ދައުލަތުން ދައުވާ ކުރާ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާގެ ފުރަތަމަ އަޑު އެހުން ބާއްވާފައިވާ ކަމަށް ވެސް ހައިކޯޓުން ބުނެ އެވެ.


ފަޒީލުގެ މައްޗަށް ސާބިތުވެފައި ވަނީ ކުޑަކުދިންތަކަކާ އެކު ހުތުރުކަން ބޮޑު ބަދުއަހުލާގީ އަމަލު ގަދަކަމުން ހިންގުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ އެވެ. އެ ދެ މައްސަލާގައި އޭނާގެ މައްޗަށް ހުކުމްކުރީ 39 އެތިފަހަރުން ތައުޒީރުކޮށް ހަ އަހަރަށް ޖަލަށްލުމަށެވެ.


ހައިކޯޓުން ބުނީ އެމައްސަލަ ޕީޖީ އޮފީހުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ އޮރިޔާން ކާޑު އުފެއްދުމުގެ އިތުރުން އޮރިޔާން ކާޑު ގެންގުޅެފައިވާތީއާ ބަނގުރާ ބުއިކަމުގެ ކުށް ފަޒީލްގެ މައްޗަށް ސާބިތުވެފައި ނުވާއިރުވެސް އޭނާ ބަނގުރާ ބުއި ކަމަށް ދުށް ކަމަށް ތިން ކުއްޖަކު ހެކިބަސްދީފައިވާތީ ކަމަށެވެ.