އިންސްޓަގްރާމުގެ ޕަބްލިކު އެކައުންޓުތައް ފޮލޯކުރާ މީހުންގެ ތެރެއިން އެކައުންޓުގެ ވެރިފަރާތް ބޭނުން ނޫން މީހަކު އެކައުންޓަށް ފޮލޯކުރާނަމަ، އެ މީހަކު ރުމޫވް ކުރެވޭނެ ފީޗާއެއް ތައާރަފު ކުރަން ނިންމައި ޓެސްޓު ކުރަން ފަށައިފިއެވެ.

މި ފީޗާ ތައާރަފު ކުރަނީ ޕަބްލިކު އެކައުންޓު ތަކަކީ ކޮންމެ މީހަކަށްވެސް އެ އެކައުންޓަކަށް ފޮލޯކުރެވޭނެ އެކައުންޓަކަށް ވުމުން ޔޫޒަރުންނަށް އެމީހުންގެ އެކައުންޓުގެ ކޮންޓްރޯލު ދިނުމަށް ކަމަށް އިންސްޓަގްރާމުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ފޮލޯވަރުން ރިމޫވް ކުރެވޭގޮތަށް ޓެސްޓު ކުރާ މި ފީޗާ ޕަބްލިކު އެކައުންޓު ބޭނުން ކުރާ ގިނަ ބަޔަކަށް ދީގެން ޓެސްޓު ކުރަން ވަނީ ފަށައިފައެވެ.

އެކައުންޓެއް ފޮލޯ ކުރާ މީހަކު ރިމޫވް ކުރުމުން، ރިމޫވް ކުރެވޭ މީހާއަށް އެކަން ނޭނގޭނެ ކަމަށް އިންސްޓަގްރާމުން ބުނެއެވެ.

މީގެ ކުރިން އިންސްޓަގްރާމުން ވަނީ ފީޑުން ބައެެއް މީހުންގެ ޕޯސްޓުތައް ނުފެންނާނެހެން ހަދަން ބޭނުން މީހުންނަށް "މިއުޓް" ފީޗާ ތައާރަފު ކޮށްފައެވެ.

މީގެ އިތުރުން ޓޫ ފެކްޓާ އޯތަންޓިކޭޝަން ފީޗާއެއް ތައާރަފު ކުރަންވެސް އިންސްޓަގްރާމުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ޔޫޒަރުންގެ ސިމް ހެކް ކޮށްގެން އެކައުންޓަށް އެކްސެސް ކުރާ މައްސަލައަށް ލިބޭނެ ހައްލެއް ކަމަށް އިންސްޓަގްރާމުން ބުނެއެވެ.