18 Jul 2018, 01:31
ކޮންމެ އަހަރެއްގެވެސް ސާނަނީ އިމްތިހާންތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ ޓޮޕް އެޗީވާޒް އެވޯޑް 375 ދަރިވަރުން ހާސިލްކޮށް އެއްވަނައިގައި ހަ ދަރިވަރުން ހިމެނިއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެއްވަނަ އަށް އައި ދަރިވަރުންނަށް އިނާމްތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ.
އޯ ލެވެލް ޓޮޕް އެޗީވާޒް އެވޯޑްގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު އަފުރާހު
އެއްވަނަ ހާސިލްކުރި ހަ ދަރިވަރުންވެސް އެއްވަނަ ހާސިލްކޮށްފައިވަނީ އެ ދަރިވަރުން ބައިވެރިވި އަށް މާއްދާއިން އޭ ސްޓާ ހާސިލްކޮށްގެންނެވެ.
ޓޮޕް އެޗީވާޒް އެވޯޑް ހާސިލްކުރި ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކު ވަނީ ދުނިޔޭގެ އެންމެ މޮޅު 10 ނަތީޖާހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ.
އޯ ލެވެލް ޓޮޕް އެޗީވާޒް އެވޯޑްގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު އަފުރާހު
މިއަހަރުގެ ޓޮޕް އެޗީވާސްގައި ބިޒްނަސް އެންޑް އެޑިއުކޭޝަން ޓެކްނޮލަޖީ (ބީޓެކް) ނިންމި ތިން ދަރިވަރަކު ވެސް ވަނީ ހިމެނިފައެވެ.
އެއްވެސް ކުއްޖަކު ބާކީނުކޮށް، ސްކޫލު ތައުލީމުގެ ތެރެއިން ދަރިވަރުންނަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ހުޅުވާލި ބީޓެކް ޕްރޮގްރާމުގެ ފުރަތަމަ ސާނަވީ އިމްތިހާން ފުރިހަމަކުރީ މިދިޔަ އަހަރުއެވެ.