18 Jul 2018, 00:05
އިދިކޮޅު އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީގެ އެޑްރެހާއި އެ ޕާޓީގެ އޮފީސް ހުޅުވާފައި ހުންނަ ގަޑި އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް އެކޮމިޝަނުން އެދިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީގެ އޮފީސް ބަންދު ކޮށްފައި ހުންނަ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން ޕާޓީގެ އޮފީސް ހުންނަ ތަނާއި ހުޅުވިފައި ހުންނަ ގަޑިތައް އެ ކޮމިޝަނަށް އަންގައި އާންމުކޮށް އިއުލާން ކުރުމަށް އަދާލަތު ޕާޓީއަށް ވަނީ އިލްތިމާސް ކޮށްފައި ކަމަށެވެ.
Adhalat partyge office bandhu kohfai hunna kamuge shakuvaathah mi commission ah libemun dhaathee e party hunna thanaai hulhuvifai hunna vaguthuthah commissionah angai ekan aanmukoh iulaan kurumah e party ah ilthimaas koffi
— Elections Commission (@ElectionsMv)July 17, 2018
އެކަމާ ގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކޮމިޝަނުން ކޮށްފައި ވަނީ ހަގީގަތާ ޚިލާފު ޓްވީޓެއް ކަމަށެވެ. އަދި އެ ޓްވީޓްކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ޓްވީޓާ އެކައުންޓް ކަމަށް ބެލެވޭ ޓްވިޓާ އެކައުންޓަކުން ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
Elections commission ge rasmi Twitter account kamah heevagothah hadhafava@ElectionsMvge account in Adhalath Partyge address neygigen ulheykamah bune hagigatha khilaafu adhi vakibayakah Harass vagothah tweet kohffai vaathi e account Twitter ga report kohffin#PE2018#Votunvakkan
— Ali Zahir (alipi) (@alixahir)July 17, 2018
އަލީ ޒާހިރު ކުރި ޓްވީޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ސަން" އަށް ވިދާޅުވީ އެ ޓްވީޓް ކޮށްފައި ވަނީ އެ ކޮމިޝަންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކަމަށެވެ.
އަދާލަތު ޕާޓީގެ އޮފީސް ބަންދު ކޮށްފައި ހުންނަ ކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން އެ ކޮމިޝަނަށް ލިބިފައިވާތީ، އަދާލަތު ޕާޓީގެ އޮފީސް ހުންނަ ތަނާއި ހުޅުވިފައި ހުންނަ ގަޑިތައް އެ ކޮމިޝަނަށް އަންގައި އާންމުކޮށް އިއުލާން ކުރުމަށް ސިޓީއަކުން އެ ޕާޓީއަށް ވަނީ އަންގާފައި ކަމަށެވެ.
އަކުރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޕާޓީގެ އޮފީސް ހުޅުވާފައި ހުންނަ ވަގުތާއި، ޕާޓީއާ ގުޅޭނެ ފޯނު ނަމްބަރުތައް އިއުލާނު ކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އެ ގާނޫނޫނުގު 25 ވަނަ މާއްދާގެ (ހ)ގެ ދަށުން ޕާޓީގެ އެޑްރެހަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލު 15 ދުވަސް ތެރޭގައި އެލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭނެކަން ވެސް އޭނާ ވިދާޅުވިއެވެ.