16 Jul 2018, 17:35
އިކޮނޮމިކް މިނިސްޓްރީގެ ނާއިބު ކަމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައްޔަނުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް އައްޔަނުކުރެއްވީ ހުސައިން ރިޝީފް ތޯހާގެ އިތުރުން އަބްދުﷲ ސިޔާޒް ކަމަށެވެ.
ނާއިބުގެ މަގާމަށް އައްޔަނުކުރެއްވަުމުގެ ކުރިން ސިޔާޒް ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ އެކްޒެކިއުޓިވް ކޯޑިނޭޓަރެއްގެ މަގާމުގައެވެ.

ހުސައިން ރިޝީފް ތޯހާ. އޭނާ ވަނީ އިކޮނިމިކް މިނިސްޓްރީގެ ނާއިބުގެ މަގާމަށް އައްޔަނުކުރައްވައިފައި--ސަން ފައިލް ފޮޓޯ
އަދި އޭގެ ކުރިން އިކުއިޓީ ޗެމްބާސްގައި އެޓާނީ އެންޑް ކައުންސިލަރު އެންޑް ލޯގެ މަގާމުގެ އިތުރުން އެމްއެންޑީއެފްގައި ވެސް ވަނީ ސިޔާޒް ވަނީ ވަޒީފާ އަދާކުރައްވައިފައެވެ.
ނާއިބުގެ މަގާމަށް އައްޔަނުކުރެއްވި ރިޝީފް ވަނީ ފުލުހުންގެ މުވައްސަސާގައި ޗީފް އިންސްޕެކްޓަރުގެ މަގާމު ފުރުއްވައިފައެވެ.
ދާދި ފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތް އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް އަހްމަދު ޝަފީގް (ޝައްޕެ)، އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް ވަނީ އައްޔަނުކޮށްފައެވެ.