ދުނިޔޭގެ ހަތަރު ސަރަހައްދެއްގައި ހިންގާ ބެޑްމިންޓަން ޕައިލެޓް ޕްރޮޖެކްޓެއް ލ. އަތޮޅު ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމިޓީ އާއި ގުޅިގެން އެ އަތޮޅުގައި ހިންގުމުގެ ފުރުޞަތު ރާއްޖެއަށް ލިބިއްޖެއެވެ.

މި ޕްރޮޖެކްޓް ރާއްޖޭގައި ހިންގަނީ ބެޑްމިންޓަން އޭޝިއަން ކޮންފެޑަރޭޝަން (ބީއޭސީ) އާއި ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަނުންނެވެ. ޕްރޮޖެކްޓު ކުރިއަށްގެންދާނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ލ. ގަމު އިހައްދޫ ސްކޫލުގައެވެ.

ބެޑްމިންޓަން އޭޝިއަން ފެޑަރޭޝަންގެ ޑިވެލޮޕްމެންޓް ލީޑާ މޫސާ ނާޝީދު މިއަދު ވިދާޅުވީ، މިއީ ރާއްޖެއަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށާއި މި ފުރުޞަތުގެ ބޭނުން ފުރިހަމަ ގޮތެއްގައި ރާއްޖޭގެއިން ހިފާނެ ކަމަށެވެ.

"މިއީ ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެއް،" ލ. އަތޮޅުގައި ހިންގަން ހަމަޖެހިފައިވާ ޕައިލެޓް ޕްރޮޖެކްޓާބެހޭ ގޮތުން މޫސަ ވިދާޅުވި އެވެ. "މިހާރު ބެޑްމިންޓަންގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ އެއް ދާއިރާއަކަށް މިވަނީ ސައުތު ސެންޓްރަލް ޕްރޮވިންސްން،"