މި ސީޒަނުގެ ވެސް ޗެމްޕިއަންސް ލީގުގެ ފައިސާގެ އިނާމު މިދިޔަ ސީޒަނެކޭ އެއްވެސް ތަފާތެއް ނާންނަކަމަށް ޔޫއެފާއިން ކުލަބުތަކަށް އަންގައިފިއެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ވެސް 3.37 މިލިޔަން ޕައުންޑް ލިބޭނެ އެވެ. އަދި ގްރޫޕް ސްޓޭޖުގައި ކުޅޭ ކޮންމެ މެޗަކުން 475 ހާސް ޕައުންޑް ލިބޭނެއެވެ. މޮޅުވާ ކޮންމެ މެޗަކުން 690 ހާސް ޕައުންޑް ލިބޭއިރު އެއްވަރުވާ ކޮންމެ މެޗަކުން 345 ހާސް ޕައުންޑް ލިބެ އެވެ.

ދެވަނަ ބުރަށް ދަތުރުކުރާ ކޮންމެ ޓީމަކަށް ވެސް 2.6 މިލިޔަން ޕައުންޑް ލިބޭނެއެވެ. އަދި ކުއާޓާ ފައިނަލަށް ދަތުރުކުރާ ކޮންމެ ޓީމަކަށް 3.6 މިލިޔަން ޕައުންޑް ލިބޭނެއެވެ. ސެމީ ފައިނަލަށަ ދަތުރުކުރާ ޓީމުތަކަށް 3.6 މިލިޔަން ޕައުންޑް ލިބޭނެއެވެ. ޗެމްޕިއަން ލީގު ފައިނަލަށް ދަތުރުކޮށް ޗެމްޕިއަންކަން ހޯދާ ޓީމަކަށް 7.8 މިލިޔަން ޕައުންޑް ލިބޭއިރު، ރަނަރަޕް ޓީމަށް 4.48 މިލިޔަން ޕައުންޑް ދެ އެވެ.