15 Jul 2018, 15:26
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ކޯޑިނޭޓަރު ކަމުގެ މަގާމަށް ގއ. ކޮލަމާފުށި، ފެނިގެއްލިދާގެ، އަހްމަދު ނަރީޝް އައްޔަން ކުރައްވައިފި އެވެ.
ނަރީޝް އަކީ މީގެ ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕަބްލިކް ރިލޭޝަންސް އެންޑް އިވެންޓް މެނޭޖަރު ކަމުގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެެވެ. އޭނާ އެމްޕީއެލްއާ ގުޅިވަޑައިގަތީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ނަރީޝް އަކީ މީގެ ކުރިން އެމްއެންޑީއެފްގައި ވެސް ވަޒިފާ އަދާ ކުރައްވާފައިވާ ފަރާތެކެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް އޭނާ ވަނީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރައްވައިފަ އެވެ.
ނަރީޝް ތައުލީމު ހާސިލް ކުރައްވާފައި ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. އެ ދާއިރާއިން އޭނާ ވަނީ ޑިޕްލޮމާ ހާސިލު ކުރައްވައިފަ އެވެ.