ގދ. ފަރެސްމާތޮޑާގައި އެއާޕޯޓް އަޅަން ބޭނުންވާ މެޝިނަރީ އެ ރަށަށް ފޮނުވައިފި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް އަޅަން ބޭނުންވާ މެޝިނަރީ އެ ރަށަށް ފުރުވާލާފައި ވާނީ އެމްޓީސީސީގެ ބާޖެއްގައި ރެ އެވެ.

https://twitter.com/MTCCPlc/status/1018407757479796736

ފަރެސްމާތޮޑާގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ގަލްފް ކޮބްލާ ޓެންސާއާ ކުންފުންޏާ އެވެ. އެ ކުންފުނިން އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ އިތުރުން، ރަންވޭ އަޅަން ފަސްގަނޑު އެއްވަރުކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ހަވާލުކޮށްފަ އެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2.5 މިލިއަން ޑޮލަރަށެވެ.

އެ މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާގައި 13.6 ހެކްޓަރުގެ ބިން ހިއްކުމަށް ވެސް ވަނީ ހަވާލުކޮށްފަ އެވެ.

އެ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ ވަނީ ހަތަރު މިލިއަން ޑޮލަރު (61.68 މިލިއަން ރުފިޔާ)ގެ ލޯނެއް ސަރުކާރަށް ދީފަ އެވެ. އެއްވެސް އިންޓްރެސްޓަކާ ނުލާ ދިން އެ ލޯނު ސަރުކާރަށް ފަސޭހަ ވަގުތެއްގައި ދެއްކުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ނަމަވެސް، ސަރުކާރުން ވެސް މި މަޝްރޫއުއަށް ހަރަދު ކުރާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވާ އެކު އެ ސަރަހައްދުގެ ފަތުރުވެރިކަން ފުޅާވުމުގެ އިތުރުން ގިނަ އަދަދެއްގެ ވަޒީފާ އުފެދިގެންދާނެ ކަމަށް އެ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވަނީ ވިދާޅުވެފަ އެވެ.