15 Jul 2018, 11:52
ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނުގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަން ބަދަލުކޮށްފިއެވެ.
ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނީ ހުޅުމާލޭ އިރު ދެކުނު ފަރާތުގައި މީގެ ކުރިން ވޭސްޓް ޓްރާންސްފާ ސްޓޭޝަނުގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ތަން ހުޅަނގު އުތުރު ފަރާތަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
މިއަދުން ފެށިގެން މި ބަދަލު ގެނައުމާއެކު ހުޅުމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުގެ ގޮތުގައި ބޭނުންކުރާނީ އެސްޓީއޯ އިން ތަރައްގީކުރާ ހޮޓަލާ އިންވެގެން އޮންނަ ސަރަހައްދެވެ.
މި ސައިޓު ހުޅުވިފައި ހުންނާނީ ހެނދުނު ހަޔަކުން ރޭގަނޑު 12 އަށް ކަމަށާއި ކުރިންވެސް ލިބުނު ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށް ވެމްކޯ އިން ބުނެއެވެ.
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަނީ ވެމްކޯ އިންނެވެ.