15 Jul 2018, 09:41
ޕްރީ ސީޒަން އެކުވެރިކަމުގެ މެޗެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު އެވަޓަންއިން 22 ލަނޑުގެ ތަފާތަކުން މޮޅުވެއްޖެ އެވެ.
އެ މެޗަކީ އެވަޓަންއާ އަލަށް ހަވާލުވި ކޯޗު މާކޯ ސިލްވާގެ އިރުޝާދުގެ ދަށުން އެ ކްލަބުން ކުޅުނު ފުރަތަމަ މެޗެވެ. ޕްރީ ސީޒަން މެޗެއްގައި އެހާ ދަށް ޓީމަކާ ދެކޮޅަށް ކުޅުމުން އެވަޓަންއަށް ވަނީ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފަ އެވެ.
އެވަޓަންއިން 22-0ގެ ނަތީޖާއަކުން މޮޅުވެފައި ވަނީ އޮސްޓްރިއާގެ ހަތްވަނަ ޑިވިޝަންގައި ވާދަކުރާ އޭޓީވީ އިރްޑިންގް އަތުންނެވެ. ކޮންމެ ހާފެއްގައި އެވަޓަންއިން 10 ލަނޑު ޖެހި އެ މެޗުގައި އެޓީމުގެ ހަތަރު ކުޅުންތެރިކު ވަނީ ހެޓްރިކެއް ވެސް ހަދައިފަ އެވެ.
19-0, and what a way to do itpic.twitter.com/By8hOwgeYj
— Adam Hurrey (@FootballCliches)July 14, 2018
އެ މެޗުގައި އެވަޓަންއިން ޖެހި 22 ލަނޑުގެ ތެރެއިން ސެންކް ޓޯސުން ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފަ އެވެ. މައިކަލް ކީންއާއި އޯމަރް ނިއާސޭ، އެއިން ކޮންމެ ކުޅުންތެރިޔަކު ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު، އަޑެމޯލާ ލުކްމަން ވަނީ ތިން ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އެވަޓަންއަށް ނިކޯލާ ވްލަސިޗް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، ކެވިން މިރާލާސްއާއި ލެއިޓަން ބެއިންސް އާއި މޭސަން ހޮލްގާޓް ވެސް ލަނޑެއް ކާމިޔާބުކޮށްދީފައިވެ އެވެ. އޭގެ އިތުރުން އެ މެޗުގައި އޭޓީވީ އިރްޑިންގް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވެސް ލަނޑެއް ވަދެފައިވެ އެވެ.
ދެވަނަ ހާފުގެ ތެރޭގައި ވަކި ހިސާބަކުން އޭޓީވީ އިރްޑިންގްގެ ދަނޑުގެ ސްކޯބޯޑުން ރަނގަޅަށް ނަތީޖާ ވެސް ފެނިފައިނުވެ އެވެ. އެވަޓަންއިން 21 ލަނޑު ޖެހި އިރު، ސްކޯބޯޑުގައި ނަމްބަރު 21 ނުހިމެނޭތީ ފެނުނީ 1-2ގެ ގޮތުގަ އެވެ.
Everton just beat up a team 22-0.
They are from a town of 2700 people, have no Wikipedia page, and their biggest digital footprint is a Facebook page with 113 likes that didn't even post about playing a Premier League team.
What kind of insane Football Manager save are we in?https://t.co/wyvasjPUWc— Zack Goldman (@ThatDamnYank)July 14, 2018
އެ މެޗަށް ފަހު ޓުވިޓާ މެދުވެރިކޮށް، އެތައް ބަޔަކު ވަނީ އެވަޓަންއަށް ފާޑުކިޔައިފަ އެވެ. ހާއްސަކޮށް ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމަށް އޮސްޓްރިއާއަށް ގޮސް، ފެންވަރުގެ ގޮތުން ދަށް ޓީމަކާ ދެކޮޅަށް ކުޅުމުން ގިނަ ބަޔަކު ސިފަކުރީ ވީޑިއޯ ގޭމްގެ އެންމެ ދަށް ލެވަލް "ބިގިނާ"ގައި އެވަޓަންއިން މެޗެއް ކުޅުނީ ކަމަށެވެ.
For those thinking Everton had a good result... here is how the other team player. Disgracepic.twitter.com/4gMeoGlQ01
— Callum Wright (@CallumWright__)July 14, 2018
އެވަޓަންއިން އެނބުރި އިނގިރޭސިވިލާތަށް ގޮސް، ޕްރީ ސީޒަން ކެމްޕޭނުގައި އަންނަ ބުދަ ދުވަހު ނުކުންނާނީ ބޭރީއާ ދެކޮޅަށެވެ. އެ ކްލަބަކީ އިނގިރޭސި ފުޓްބޯޅައިގެ އެންމެ ދަށް ޑިވިޝަން ކަމަށްވާ ހަތަރުވަނަ ޑިވިޝަންގެ ކްލަބެކެވެ. މިދިޔަ ސީޒަނުގައި ތިން ވަނަ ޑިވިޝަންގައި އެ ކްލަބުން ވާދަކުރި ނަމަވެސް، ލީގުގެ ފުލުގައި ނިންމާލުމުން އެޓީމު ވަނީ ރެލިގޭޓުވެފަ އެވެ.